ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މިކަންހާމަކޮށް ފުލުހުން ދެންމެ ބުނީ ހުޅުމާލެ ފޭސް އެކެއްގެ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި މީހަކު ޚަބަރު ހުސްވެފައި އޮއްވާ ފެނިގެން އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.