ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައި އިއުލާނުކޮށްފި

Loading

Facebook
Twitter
WhatsApp

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައި އިއުލާނުކޮށްފިއެވެ.

ޓްރާންސްޕޯޓް މިއަދު ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ދަތުރު ކުރެވޭ އަގުތައް ކަނޑައަޅައި އާންމުކޮށްފައެވެ.

އެގޮތުން ޒޯން އެތެރޭގެ ދަތުރުތަކަށް ބަލާއިރު (މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭގެ ދަތުރު) 6 ސީޓް އަށްވުރެ ދަށުގެ އުޅަނދަށް ނެގޭނީ 30 ރ. އެވެ. އަދި
10-7 ސީޓް ދެމެދުގެ އުޅަނދަށް ނެގޭނީ 45 ރ. އެވެ.

މާލެއިން ހުޅުމާލެ ފިޔަވަހި 1 އަށް 6 ސީޓް އަށްވުރެ ދަށުގެ އުޅަނދު 85 ރ. ކަނޑައަޅާފައިވާއިރު 10-7 ސީޓް ދެމެދުގެ އުޅަނދަށް ކަނޑައަޅާފައިވަނީ 130 ރ. އެވެ.

އަދި މާލެއިން ހުޅުމާލެ ފިޔަވަހި 2 އަށް 6 ސީޓް އަށްވުރެ ދަށުގެ އުޅަނދަށް 100 ރ. ކަނޑައަޅާފައިވާއިރު 10-7 ސީޓް ދެމެދުގެ އުޅަނދަށް ކަނޑައަޅާފައިވަނީ 155 ރ. އެވެ.

މާލެއިން އެއަރޕޯޓަށް ކުރާ ދަތުރުތަކުން 6 ސީޓް އަށްވުރެ ދަށުގެ އުޅަނދުތަކަށް ނެގޭނީ 70 ރ. އެވެ. 10-7 ސީޓް ދެމެދުގެ އުޅަނދުތަކަށް 110 ރ. އެވެ.

މީގެއިތުރުން ހުޅުމާލެ ފިޔަވަހި 1 އިން ހުޅުމާލެ ފިޔަވަހި 2 އަށް
6 ސީޓް އަށްވުރެ ދަށުގެ އުޅަނދުތަކުން ނެގޭނީ 40 ރ. އެވެ. 10-7 ސީޓް ދެމެދުގެ އުޅަނދު 60 ރ. އެވެ.

މީގެއިތުރުން:

1.ހުޅުމާލެ ފިޔަވަހި 1 އިން އެއަރޕޯޓަށް:

6 ސީޓް އަށްވުރެ ދަށުގެ އުޅަނދު 80
10-7 ސީޓް ދެމެދުގެ އުޅަނދު 125

2.ހުޅުމާލެ ފިޔަވަހި 2 އިން މާލެއަށް:

6 ސީޓް އަށްވުރެ ދަށުގެ އުޅަނދު 100
10-7 ސީޓް ދެމެދުގެ އުޅަނދު 155

3.ހުޅުމާލެ ފިޔަވަހި 2 އިން އެއަރޕޯޓަށް:

6 ސީޓް އަށްވުރެ ދަށުގެ އުޅަނދު 85
10-7 ސީޓް ދެމެދުގެ އުޅަނދު 130

4.އެއަރޕޯޓް އިން މާލެއަށް:

6 ސީޓް އަށްވުރެ ދަށުގެ އުޅަނދު 70
10-7 ސީޓް ދެމެދުގެ އުޅަނދު 110

5.އެއަރޕޯޓް އިން ހުޅުމާލެ ފިޔަވަހި 1 އަށް:

6 ސީޓް އަށްވުރެ ދަށުގެ އުޅަނދު 80
10-7 ސީޓް ދެމެދުގެ އުޅަނދު 125

6.އެއަރޕޯޓް އިން ހުޅުމާލެ ފިޔަވަހި 2 އަށް:

6 ސީޓް އަށްވުރެ ދަށުގެ އުޅަނދު 85
10-7 ސީޓް ދެމެދުގެ އުޅަނދު 130

ހަމައެއާއެކު ޑޮމެސްޓިކް ޓާމިނަލްއަށް ކުރެވޭ ދަތުރުތަކުން، އެއަރޕޯޓް އަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 6 ސީޓް އަށްވުރެ ދަށުގެ އުޅަނދު 10 ރ. ނެގޭއިރު, 10-7 ސީޓް ދެމެދުގެ އުޅަނދަށް ނެގޭނީ 15 ރ. އެވެ. އަދި ޓެކްސީއަށް އަރުވާ ލަގެޖްގެ ތެރެއިން 3 ލަގެޖް އަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް 6 ސީޓް އަށްވުރެ ދަށުގެ އުޅަނދުތަކަށް އަދި
10-7 ސީޓް ދެމެދުގެ އުޅަނދުތަކަށް ވެސް ނެގޭނީ 5 ރ. އެވެ.

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

Loading

2 Responses

  1. މިގޮތަށް މަތިންދާ ބޯޓުތަކަށް ވެސް ނެގޭނެ އަގުތަކެއް ކަނޑައެޅުން ވެސް ވަރަށް މުހިއްމު

  2. ސަރުކާރުން މިބާވަތުގެ މައްސަލަތައް ހައްލު ކުރައްވަން ފިޔަވަޅު އަޅުއްވާއިރު އެކަމާ ގުޅުން ހުރި އެހެން މައްސަލަތަކަށްވެސް ރިއާޔަތް ކުރައްވާނަމަ ރައްޔިތުންގެ ޝަކުވާތަކަށްވެސް ނިމުމެއް އަންނާނެއެވެ.
    ޓެކްސީ ދަތުރުތަކެކޭ އެއްފަދައިން ޕިކަޕް ލޮރީ ގެ ދަތުރުތަކަކީވެސް ލާހިކު އަގެއްގައި ކުރަމުންގެންދާ ދަތުރު ތަކެއް ނޫނެވެ. ބާޒާރުން އެއްޗެއް ގަނެގެން މާލޭގެ ކޮންމެ ތަނަކަށް ގެންގޮސްދިނުމަށް ވެސް ފަންސާހަކަށް ރުފިޔާ ނަގާއިރު ހަމަ އެ ޕިކަޕްގައި ކުނިކޮޅެއް އުކާލުމަށް ޑްރައިވަރު ހިތައް އެރި އަގެއް ނެގަމުން ގެންދެއެވެ.
    ކޮންމެ ކަމަކަށްވެސް ވަގުތީ ހައްލެއް ހޯދަން ވިސްނަވާނަމަ އެއީ އެންމެރަނގަޅުގޮތް ކަމަށް ގަބޫލުކުރަން އުދަނގޫ ވަނީއެވެ. ރޯ ދަރިއަށް ކިރުދޭން އަންގަވާއިރު ނުރޯދަރިވެސް ކިރު ބޭނުންވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް