ހުޅުމާލޭގެ އޭޓީއެމްތަކުން ފައިސާ ހުސްވުމުގެ މައްސަލަ ވަރަށް ބޮޑު

Loading

Facebook
Twitter
WhatsApp

ދޮޅުލައްކައެއްހާ ރައްޔިތުންގެ އާބާދީއެއް އޮންނަ ހުޅުމާލޭގެ ދެ ފިޔަވަހީގައި ދިރިއުޅޭ އެންމެންވެސް ފައިސާ ނަގަނީ ހުޅުމާލެ އެއްވަނަ ފިޔަވަހީގައި ހުންނަ އޭޓީއެމް ތަކުންނެވެ. އެގޮތުން އެއްވަނަ ފިޔަވަހީގައި ހުންނަނީ ފައިސާ ނަގާ ފަސް މެޝިނާއި ޑޮލަރު ނަގާ އެއް މެޝިނެވެ. ހުޅުމާލޭގައި ދިރިއުޅޭ ދިވެހިންނަށްވުރެ ހުޅުމާލެ ސިޓީގައި ދިރިއުޅޭ ބިދޭސީން ވެސް މަދެއްނޫނެވެ.

ކަންމިހެން ހުރުމާއެކު މިދެންނެވިހާ ކަސްޓަމަރުން އެންމެ ފަސްމެޝިނުންފައިސާގެ މުޢާމަލާތްތައް ކުރަން ޖެހިފައިވާއިރު މެޝިންތަކުން ފައިސާ ހުސްވެފައި ހުންނަ ވަގުތު ގިނަވަމުންދާތީ ކަސްޓަމަރުން ތިބެނީ މި ޚިދުމަތާމެދު ހިތްހަމަނުޖެހިފައެވެ. އޭޓީއެމްގެ މެޝިނަކުން ފައިސާ ހުސްވިޔަސް ބޭންކަށް ރޭކާލާ ކަމަކަށް ނުވެއެވެ.

އެހެންކަމާއެކު ފައިސާނަގަން އޭޓީއެމްއަށް ޒިޔާރަތްކުރާ ކަސްޓަމަރުންގެ ތެރެއިން ތަންކޮޅެއް ސިޔާސަ މީހުން އަޑުގަދަ ކޮށް ބޭންކަށް ގުޅާ ވެސް ހަދައެވެ. ގިނަފަހަރު ބޭންކުން އޭޓީއެމްތަކަށް ފައިސާގެނައުން ލަސްވާތީ ބައެއް ކަސްޜަމަރުން ތިބެނީ ރުޅިއައިސްފައެވެ. ފައިސާގެ މި ޚިދުމަތަށް ފަރުވާ ކުޑަކުރުމަކީ ކަސްޓަމަރުންނަށް ހަޖަމުވާވަރަށްވުރެ ބޮޑު މައްސަލައެކެވެ.

އަނެއްކޮޅުން އޭޓީއެމްތަކަށް ފައިސާ ގެނައުމުގެ ޕްރޮސީޖާ އޮންނަ ގޮތުން ފައިސާ ގެނެވެނީ ވަރަށް ދަތިހާލުންނެވެ. ފުލުހުންގެ ބެލުމުގެ ދަށުން ފައިސާ އޭޓީއެމްތަކަށް ގެނައުމަށް އެތަކެއް ވަގުތު ނަގައެވެ. ކަސްޓަމަރުން ގަބޫލުކުރާ ގޮތުގައި އޭޓީއެމްތަކުން ފައިސާ ހުސްވާނަމަ އެކަން ބޭންކަށް އެނގޭނެ ނިޒާމެއް ގާއިމުވެފައި ހުންނާނެއެވެ.

ކަންމިހެން ހުރުމާއެކު އޭޓީއެމްގެ މެޝިނަކުން ފައިސާ ހުސްވެގެން ގިނަފަހަރު ބޭންކަށް އެނގެނީ ކަސްޓަމަރުން ގުޅުމުންކަމަށް ބެލެވެއެވެ. އެހެންކަމާއެކު ހުޅުމާލެ ސިޓީއިން ބިންގަނެގެން ނަމަވެސް އެބޭންކުގެ ކަސްޓަމަރުންނަށް ދޭ މި ޚިދުމަތް މިހާރަށްވުރެ ފަސޭހަކުރަންވެއްޖެ ކަމަށް ދެކެމެވެ.

ފޮޓޯ: ޕީއެސްއެމް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް