ވަޅިން ބިރުދައްކާ އަންނައުނު ބާލުވައި، ވީޑިއޯކޮށް ކޭޝް ކާޑުން ފައިސާ ފޭރުނު މައްސަލައެއްގައި މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ވަޅިން ބިރުދައްކާ އަންނައުނު ބާލުވައި، ވީޑިއޯކޮށް ކޭޝް ކާޑުން ފައިސާ ފޭރުނު މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. 

ފުލުހުންގެ ވެބްސައިޓުގައި ފޮޓޯ އާންމުކޮށް ހޯދަން އިއުލާނުކޮށްފައި ވަނީ ޝަފީޤު އިބްރާހީމް / ސ. ހިތަދޫ، ސޯމާ (34އ) އެވެ. 

ފުލުހުން ބުނީ ޝަފީގު އިބްރާހިމް ހޯދަމުން ދަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މީހަކަށް ވަޅިން ބިރުދައްކައި ހުއްދަނޫން ގޮތުގައި އެމީހާ ހިފަހައްޓައި މާރާމާރީ ހިންގާ ބިރުދައްކައި އިންޒާރުދީގެން އޭނާގެ އަންނައުނު ބާލުވައި، ވީޑިއޯކޮށް ކޭޝް ކާޑު އަތުލައި، ޕިންކޯޑް ހޯދުމަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން އޭނާގެ އެކައުންޓުން ފައިސާ ފޭރިގަނެފައިވާ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. 

ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރު ވުމަށް ފުލުހުން ވަނީ އޭނާ އަށް އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.

އެހެންކަމުން ފުލުހުން ވަނީ ސަރޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އޭނާއާ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 20 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް