މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ދެންމެ ބުނީ، ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރިކޮށީގެ ގެއެއް ބަލާ ފާސްކުރުމުގެ ތެރޭގައި މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވާ ކަަމަށެވެ.
އަދި އޭނާ ފެނުނު އެޕާޓްމެންޓަކީ އެއްވެސް ބަޔަކު ދިރިނޫޅޭ، ހުސްކޮށްފައިވާ އެޕާޓްމެންޓެއް ކަން ޔަގީން ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެމީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވަނީ އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ބުނެފައެވެ.