އެސްބީއައި އިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮށްދީފި

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 50 މިލިއަން ޑޮލަރުގެ ލޯން އިތުރު އެއް އަހަރަށް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

މިއީ މި މަހުގެ ތެރޭގައި ދިވެހި ސަރުކާރުން އިންޑިއާ އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެކެވެ. 

މިކަންހާމަކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާއިން ރާއްޖެ އަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮށްދިނުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން މިހާރު ނިންމާފައިވާ ކަމަށެވެ.

މި ލޯނު އަނބުރާ ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮށްދިނުމަށް އިންޑިއާ އިން ނިންމީ މި މަހުގެ 8 އިން 10 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާއެކު ބޭއްވި މަޝްވަރާ ބައްދަލު ކުރެއްވުމަށްފަހު އެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް