ޑައިވާސް ލޮޖް މޯލްޑިވްސްއަށް ވަދެ ވައްކަންކުރި މީހަކު 8 މަހަށް ޖަލަށް

Loading

Facebook
Twitter
WhatsApp

ޑައިވާސް ލޮޖް މޯލްޑިވްސްއަށް ވަދެ ވައްކަންކުރި މީހަކު އަށް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މ. ހިއްސާ، އާޒިފު އަބްދުއްޙަލީމް 25އ ގެ މައްޗަށެވެ.

އެގޮތުން މި ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ބުނެފައި ވަނީ ޑައިވާސް ލޮޖް މޯލްޑިވްސްއަށް އާޒިފު ވަދެފައި ވަނީ 25 ޑިސެންބަރު 2023 ވަނަ ދުވަހުގެ ރޭގައި ކަމަށެވެ.

 ދޮރު ހަލާކު ކޮށްލުމަށް ފަހު އޭނާ ވަނީ ދެ ޑައިވިން ކޮމްޕިއުޓަރާއި ހަތަރު ބީސީޑީ (ޑައިވިން ޖެކެޓް)، ހަތަރު ރެގިއުލޭޓަރާއި ޑައިވިން އަންގި ޖޯޑަކާއި ނޫ ކުލައިގެ ހުސް ދަބަހަކާއި ޗާޖަރެއް ވަގަށް ނަގާފައެވެ. 
މީގެ އިތުރުން ކުޑަ ދަގަނޑު ފޮއްޓަކާއި 20 ޑައިވިން ލައިޓާއި ސުންޓޯ ބްރޭންޑުގެ ހަތަރު ޑައިވިން ކޮމްޕިއުޓަރާއި ޓީޖީ-4 ބްރޭންޑުގެ ޑިޖިޓަލް ކެމެރާއަކާއި ނޫ ކުލައިގެ ފިންސް ދަބަހަކާއި 
POCO X3 NFC ބްރޭންޑުގެ ސްމާޓު ފޯނެއް އޭނާ ވަނީ ވަގަށް ނަގާފައެވެ. 

ކްރިމިނަލް ކޯޓުން ބުނީ ކުށް ކުރި ކަމަށާ، އެ ކުށް ކުރިކަމަށް އޭނާ އިއުތިރާފުވާ ކަމަށެވެ.

މިގޮތުން ކޯޓުގައި ވީހާ ވެސް ލުއި އަދަބެއް ކަނޑައަޅައިދޭން އެދިފައި ވާއިރު އިޢުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީ އޭނާ ބަންދުގައި ހޭދަކުރި މުއްދަތު، ކަނޑައެޅޭ އަދަބުން އުނިކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. 

އެހެންކަމުން އޭނާ ބަންދުގައި ހުރި މުއްދަތު ހުކުމުން އުނިކުރުމުން، އޭނާގެ މައްޗަށް އިއްވާފައި ވަނީ 8 މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް