އެމްޕީއެލްގެ ފަރާތުން ޙައްޖަށް ފޮނުވާ މުވައްޒަފުންނާ ލިޔުން ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

ލިޔުން ހަވާލުކުރީ އެމްޕީއެލްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ކުންފުނީގެ ޚަރަދުގައި މިއަހަރު ޙައްޖަށް ދިއުމުގެ ފުރުސަތު ފަސް މުވައްޒަފުންނަށް ވަނީ ލިބިފައެވެ.

އެ މުވައްޒަފުންނަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ.

ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސީއީއޯ ވަޖީހް ވަނީ ހުރިހާ މުވައްޒަފުންނަށް ވެސް މަރުޙަބާ ދަންނަވައި، މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައެވެ. 

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުން: 

1 – އިލްޔާސް މުޙައްމަދު – އެސިސްޓަންޓް އެގްޒެކުޓިވް 

2 – އަޙްމަދު ރަޝާދު – ސްޕެޝަލިސްޓް އިންޖިނިއަރ

3 – އަޙްމަދު އުންމީދު – ސަރވިސް އިންޖިނިއަރ

4 – މުޙައްމަދު ނަބީލް – އޮޕަރޭޝަންސް އެގްޒެކުޓިވް

5- ޒަކަރިއްޔާ އިބްރާހިމް – ލީޑް އެގްޒެކުޓިވް

އެމްޕީއެލްއިން އަންނަނީ އެ ކުންފުނީގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް ފަސް މުވައްޒަފުން ޙައްޖުގެ އަޅުކަން އަދާކުރުމަށް އަދި 3 މުވައްޒަފުން ޢުމްރާގެ އަޅުކަމަށް ފޮނުވަމުންނެވެ.

ފޮޓޯ: އެމްޕީއެލް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް