އިންތިޚާބަކާ ނުލައި ފުނަދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ޕީއެންސީއަށް

Loading

Facebook
Twitter
WhatsApp

އިންތިޚާާބަކާ ނުލައި ށ.ފުނަދޫ ކައުންސިލުގެ އަންހެން މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ހޮވިއްޖެއެވެ.

ފުނަދޫ ކައުންސިލުގެ އަންހެން މެންބަރުކަމުގެ ގޮނޑި ހުސްވުމާއެކު އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައި އޮތީ އަންނަ ޖޫންމަހުގެ 08 ވަނަ ދުވަހުގައެވެ.

ނަމަވެސް އިންތިޚާބަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިއިރު، މެންބަރުކަމަށް ކުރިމަތިލީ ޕީއެންސީގެ ފަރާތުން ކުރިމަތިލި ށ.ފުނަދޫ/މާބަގީޗާގެ, އާމިނަތު ޔުމްނާއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު ހަމަވިއިރު، މެންބަރުކަމަށް ކުރިމަތިލީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނު ގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ފުނަދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް ޔުމްނާ އިންތިޚާބުވެފައިވާ ކަމަށެވެ.

ފޮޓޯ: ނުކުތާ

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް