ޢިއްޒުއްދީން ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

ރަސްމީ ފާލަން ނުވަތަ ”ޢިއްޒުއްދީން ފާލަން“ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މިއީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:

ކުރީގެ ޖެޓީ ރޫޅާލުން
އައު ޖެޓީގެ ކޮންކްރީޓް މަސައްކަތް
ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުން
ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް

އެމްޓީސީސީއިން ބުނީ އަލުން ތަރައްގީކުރެވޭ ރަސްމީ ފާލަމަކީ
ދިވެހީންގެ ގައުމިއްޔަތާއި، ސަގާފަތް ރަމްޒުކޮށްދޭ, ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ
ޔަގީންކަންދޭ ކަމަށެވެ.

ފޮޓޯ:މިހާރު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް