އިންތިޚާބާއި ކައިރިވެފައި ވަނިކޮށް 76 އަހަރުގެ ޖަލު ހުކުމުގައި ތިބި ނުރައްކާތެރި ކުށްވެރިން ވެސް މިނިވަންކުރި 

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޞާލިހްގެ ވެރިކަމުގެ ފަހުގެ ދުވަސްކޮޅު، ރިޔާސީ އިންތިޚާބާއި ކައިރިވެފައި ވަނިކޮށް 76 އަހަރުގެ ޖަލު ހުކުމުގައި ހުއްޓާ މިނިވަން ކުރި ބޮޑު ކުއްވެރިޔަކު މަސްތުވާތަކެއްޗާއި އެކު އަނެއްކާވެސް އަތުލައިގެންފިއެވެ.

އެނގިފައިވާ ގޮތުގައި އެއީ ޅ. ނައިފަރު މުންތަޞަރު ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ.

އެގޮތުން އޭނާ މިނިވަން ވެފައިވީ ނަމަވެސް އޭނާ މިވަނީ މަސްތުވާތަކެތީގެ ކުށުގައި އަނެއްކާވެސް ހައްޔަރު ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އޭނާ މިހާރު ހުރީ ފަހުން ތަޙްގީގަށް ބަންދުކޮށްފައެވެ. 

ކުރީގެ ރައީސް ޞާލިހް އޭނާ މިނިވަން ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އޭނާގެ ޖަލު ހުކުމް އެއް ދުވަސް ކަމަށް ކަނޑައަޅުއްވާ އެ އެއްދުވަސް ތެރޭގައި ޖިނާއީ ކުށެއް ނުކޮށްފިނަމަ އޭނާ މިނިވަން ކުރަން ނިންމުމަށްފަހުއެވެ.

Loading

7 Responses

  1. މިސަރުކާރު ނޭވާހޮޅިޔަށް އެޅިއްޖެނަމަ ހަމަ ޖަހަނީ ތިފަދަ ފަނާކުރަނިވި ސަކަރާތެއް. ގާނޫނު ނުބައިކޮށް މާނަކޮށް ގާނޫނު އޮޅާލުން ހުށްޓުވަން އެބަޖެހޭ.

  2. ތި ސޯލިހަކީ ވެރިކަމާއިގެން ދަންޖެހިގެން ގޮސް ރާއްޖޭގެ ހުރިހާކަމެއް ހަލާކު ކޮށްލާފައިވާ ބޮޑު ހާއިނެއް. ނުކިޔަވާ ތިބޭ މިކަހަލަ ބުދަށް ވެރިކަން ލިބުނީމަ ވާނީވެސް މިކަހަލަގޮތެއް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް