އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރުގެ ލޯނުގެ ބާކީ ފައިސާ ދެއްކުމަށް މުއްދަތު އިތުރުކޮށްދިނުމަށް އެދިއްޖެ

Loading

Facebook
Twitter
WhatsApp

މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދެއްކި އޮތް ފައިސާ ދެއްކުމަށް މުއްދަތު އިތުރުކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުން އެދިއްޖެއެވެ.

މިގޮތަށް އެދުނުކަން ހާމަކުރެއްވީ ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

ޒަމީރު ވިދާޅުވީ އެ ލޯނުގެ ތެރެއިން ނުދެއްކި ހުރި ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

200 މިލިއަން ޑޮލަރުގެ ތެރެއިން މިހާރު ނުދެއްކި އޮތީ 100 މިލިއަން ރުފިޔާއެވެ.

ޒަމީރު ވިދާޅުވީ މި ލޯނުގެ އެއްވެސް އަދަދެއް ކުރީ ސަރުކާރު ނިމުނުއިރު ދައްކާފައިނުވާ ކަމަށެވެ.

ބާކީ ހުރި އަދަދު ރޯލް އޯވާކުރަން ސަރުކާރުން އެދިފައިވާކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ އޭގެ މުގާބިލުގައި އިންޑިއާއިން އެއްވެސް ކަމަކަށް އެދިފައިނުވާ ކަމަށެވެ.

ކުރީ ސަރުކާރު ވެރިކަމަށް އައިއިރު ދަރަނި އޮތް މިންވަރު މި ސަރުކާރު އައިއިރު ދެގުނަ އިތުރުވެފައިވާތީ އެ ދަރަނިތައް ދެއްކުމަށް ލުއި ގޮތްތައް ހޯދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް