ރަސްމީ ލިއުންތައް ގޭގައި ބެހެއްޓި މައްސަލައިގެ ޝަރީއަތް ފަސްކޮށްފި

Loading

Facebook
Twitter
WhatsApp


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ރިޔާސަތު ނިމުމަށްފަހުވެސް ސަރުކާރުގެ ރަސްމީ ލިއުންތަކެއް ގާނޫނާ ޚިލާފަށް ގޭގައި ބެހެއްޓި މައްސަލާގައި ފްލޮރިޑާ ކޯރޓުގައި ހިނގަމުންދާ ޝަރީއަތް މުއްދަތެއް ނެތްގޮތުގައި ފަސްކުރަން ފަނޑިޔާރުން ނިންމަވައިފިއެވެ. 

މިހާރު މިވީ ގޮތުން ރައީސް ޓްރަމްޕްގެ މައްޗަށް ކުރެވެމުންދާ ޖިނާއީ 2 ދައުވާގެ ތެރެއިން ކޮންމެވެސް އެއް ދައުވާއަކާއި ނޮވެމްބަރު އިންތިޚާބުގެ ކުރިން ކުރިމަތިލައްވަން ޖެހިވަޑައި ގަންނަވާނެ ކަމަށް ބެލެވެއެވެ.                                         

މިފަހަރު ޓްރަމްޕަށް އެހީތެރިކަމެއް މިލިބުނީ 2020 ވަނައަހަރު އޭނާ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު އައްޔަން ކުރި ފަނޑިޔާރު އެއިލީން ކެނަން އެގޮތަށް ޝަރީއަތް ފަސްކުރެއް ވުމަށް އަމުރު ކުރެއްވުމާގުޅިގެންނެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ގޮތުން ބާއްވާ ޕްރި-ޓްރައިއަލް އަޑުއެހުންތައް މިއަންނަ ޖުލައި މަހުގެ ތެރޭގައި ފެށިދާނެ ކަމަށް ބެލެވެއެވެ.            

ނޮވެމްބަރުގެ އިންތިޚާބުގައި އެމެރިކާގެ ރިޔާސަތަށް ދެވަނަފަހަރު ވާދަކުރައްވާ ޓްރަމްޕުގެ މައްޗަށް ތުޙުމަތު ކުރެވޭ ލިއެކިއުންތަކުގެ މައްސަލަ ކުރިން ތާވަލުކޮށްފައި އޮތީ މޭ މަހުގެ 20 ވަނަ ދުވަހަށެވެ. 

އެހެންނަމަވެސް ޕްރޮސެކިއުޓަރުންނާއި އަދި ޓްރަމްޕުގެ ވަކީލުންވެސް ގަބޫލުކުރާ ގޮތުގައި މޭ މަހުގެ 20 ވަނަ ދުވަހަކީ މާ އަވަސް ތާރީޚްއެކެވެ.ޓްރަމްޕް މަސައްކަތް ކުރައްވަނީ ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން ބަލިކުރުމަށްފަހު ރިޕަބްލިކަންގެ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސަތު ކާމިޔާބު ކުރައްވާށެވެ.                

ޓްރަމްޕުގެ ގާނޫނީ ވަކީލުންގެ ޓީމުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވަނީ ނޮވެމްބަރ އިންތިޚާބުގެ ފަހަށްމައްސަލަތައް ލަސްކުރަން ކުރެވެން ހުރި ކޮންމެ ގޮތަކަށް މަސައްކަތް ކުރަމުންނެވެ.           

ކުރީގެ ރައީސް ޓްރަމްޕުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ގެއަށް ގެންގޮސްފައިވާ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅޭ ގިނަ ލިއެ ކިއުންތަކެއް ރިޔާސަތު ނިމުމަށްފަހުވެސް ސަރުކާރަށް ޙަވާލުކުރަން ދެކޮޅުހެދުމުން މިހާތަނަށް 40 ފެޑެރަލް ދަޢުވާއެއް އޭނާގެ މައްޗަށް ހުށައަޅާފައި ވެއެވެ. ނަމަވެސް ޓްރަމްޕް ގެންދަވަނީ އެ ދައުވާތަކަށް އިންކާރު ކުރަމުންނެވެ.                   

Loading

One Response

  1. ވެރިކަން ބޭނުންވީމާ ހެއްދެވިހާ ދޮގެއް ހަދާނެ. ވެރިކަން ލިބުނީމާ ވެރިކަން ދަމަހައްޓަން ނުކުރާނެ އެއްކަމެއްވެސް ނޯންނާނެ. ވަކި ގައުމެއް ތަފާތެއް ނުވޭ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް