ޓެކްސީތަކުން ނަގާ ފީ ބޮޑުވަމުންދަނީ

Loading

Facebook
Twitter
WhatsApp

އެއަރޕޯޓުން ހުޅުމާލެއަށް ދިއުމާއި މާލެއަށް ކުރާދަތުރުތަކުންނާއި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބައެއް ޓެކްސީތަކުން ނަގާ ފީ ބޮޑުވަމުންދާކަމުގެ ޝަކުވާ ބައެއްފަރާތްތަކުން ކުރަމުން އެބަދެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ހުޅުމާލެ ފޭސް އެކަކުން ދޭކަށް އަދި ފޭސް ދެއަކުން އެކަކަށް ޓެޖްސީ ދަތުރު ކުރާއިރު ފަސިންޖަރުންގެ އަތުން ނަގާ ފީގެ މިންވަރު ކަނޑައަޅާފައެވެ.

މީގެ އިތުރުން މާލެސިޓީއިން ހުޅުމާލޭގެ ސިޓީގެ ފޭސް އެކަކާ ދެއަކަށް، އަދި އެ ތަންތަނުން މާލެއަށް ކުރާ ޓެކްސީ ދަތުރު ތަކުން ފަސިންޖަރުންގެ އަތުން ފީނަގަންވީ މިންވަރު ކަނޑައަޅާފައެވެ. ނަމަވެސް ބައެއް ޓެކްސީ ޑުރައިވަރުން މި އުސޫލުތަކާ ޚިލާފަށް ފަސިންޖަރުންގެ އަތުން ފީ ނަގަމުން ދާކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

އަނެއްކޮޅުން ޓެކްސީ ކިއު އޮންނަ ތަންތަނުން ކިއުގެ ތަރުތީބާ ޚިލާފުވެ ފަސިންޖަރުން އުފުލާކަމުގެ ޝަކުވާ ވެސް ދަނީ ލިބެމުންނެވެ.

ސަރުކާރުން ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމެއް ގާއިމްކޮށް ރައްޔިތުން ތަންތަނަށް ދިއުމުގެ އުނދަގޫތައް ޙައްލުކުރުމަށްޓަކާ ބަސްދަތުރު ފަށާފައި ވީނަމަވެސް މި ނިޒާމަށް ރައްޔިތުން އަހުލުވެރިވަމުންދާ މިންވަރު ވަރަށް ވެސް ލަހެވެ. މާލޭ ސަރަޙައްދުގެ ހުރިހާ ތަނަކަށް ބަހުގައި މިހާރު ދެވޭނެއެވެ.

ކަން މިހެން ހުރުމާއެކު ޓެކްސީތަކަށް ބަރޯސާނުވެ ބަހުގައި ދަތުރުކުރުމުގެ އާދަ ރައްޔިތުންގެ ކިބައިގާ އަށަގަންނަ މިންވަރަކުން މިފަދަ ޝަކުވާތައް މަދުވަމުން ދާނެއެވެ.

ސިނަމާލެ ބުރިޖު. ފޮޓޯ: އަދަދު

Loading

One Response

  1. ގިނަފަހަރަށް ޓެކްސީއަށް އަރަންޖެހެނީ އަތުގައި އުފުލާނެ އެއްޗެހި ހުރީމައެވެ. އެ ހާލަތުގައި ބަހަށް އެރުން އޮންނަނީ އުދަނގޫ ކަމަކަށް ވެފައެވެ. ގާނޫނާ ގަވައިދަށް ހުރުމަތްތެރިކޮށް ހިތަނީ ކާކުތޯއެވެ. އަޅުގަޑުމެންގެ މުޖަތަމާ އިން މިހާރު އެންމެ އާންުކޮށް ފެންނަމުންދާ އެއް މަންޒަރަކީ އެމީހަކަށް ލިބުނު ގޮތަކުން ދަމާގަތުމުގެ ފަލްސަފާއެވެ. ކުދި ސޯބު އެނބުރޭނީ ބޮޑެތި ސޯބު އެނބުރޭގޮތަށޭ ބުނެ ދިވެހިިން މިސާލު ޖަހާ އުޅެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް