70 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 98 ދަރިވަރުން ދިވެހި އަސްކަރިއްޔާގެ ސަފުތަކާ ގުޅިއްޖެ

Loading

Facebook
Twitter
WhatsApp

ދިވެހި ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވީ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވައިފައެވެ.

ދަރިވަރުންނަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރެވެ.

ހަތިޔާރު ހަވާލުކުރާއިރު އަންގަވާ އެންގުން އިއްވައިދެއްވީ، ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކާނަލް އިބްރާހީމް އަޝްރަފެވެ.

އެމްއެންޑީއެފްއިން ބުނީ ސިފައިންގެ 70  ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 98 ދަރިވަރުންވަނީ އިއްޔެ ދިވެހި އަސްކަރިއްޔާގެ ބަދަހި ސަފުތަކާ ގުޅިފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް، އޮނަރަބަލް މުޙައްމަދު ޣައްސާން މަޢުމޫޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް، މުޢާޛު ޙަލީމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް، ފާތިމަތު މިޒްނާ ޢަލީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް