މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމުގެ މަޝްރޫޢު އިފްތިތާހު ކޮށްފި

Loading

Facebook
Twitter
WhatsApp

މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމުގެ މަޝްރޫޢު ފެށުން މިއަދު އިފްތިތާހު ކޮށްފިއެވެ.

މި މަޝްރޫޢު އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންއެވެ.

މި މަޝްރޫޢަކީ ދިފާޢީ ވުޒާރާއިން އާރުޑީސީއާ ޙަވާލުކޮށްގެން އަދި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ. 

އާރުޑީސީން ބުނީ މި މަޝްރޫޢުގެ ދަށުން ވެސްޓްޕާކް ސަރަޙައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކުރާނެ ކަމަށެވެ. 

އަދި އެނޫންވެސް ސަރަހައްދުތަކުގައި އެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ. 

މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އަދި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް އާއި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޢަސްކަރިއްޔާ އިސްބޭފުޅުންނާއި ސަރުކާރު އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް