އިސްރާއީލުން އެއްބަސަވާނަމަ ތިން މަރުޙަލާއެއްގައިޙަމާސްއިން އެ އެެއްބަސްވުމެއް ފުރިހަމަކުރާނަން

Loading

Facebook
Twitter
WhatsApp

ތިން މަރުޙަލާ އަކަށް ބެހެވިގެންދާ ގޮތެއްގައި ޙަމާސްގެ ހުރިހާ ޝަރުތުތަކަށް އިސްރާއީލުން އެއްބަސް ވެއްޖެނަމަ ހަނގުރާމަ ހުއްޓާލަން ފަލަސްތީނުގެ އިސްލާމީ މުޖާހިދުން އެއްބަސް ވާނެކަމަށް ބުނެފިއެވެ.

 އެހެންނަމަވެސް މިހާރުވެސް އިސްރާއީލުން އެފަދަ އެއްބަސްވުމެއް ގަބޫލު ނުކުރާނެކަމަށް ބުނެފިއެވެ.

ޙަމާސްގެ ޖަވާބާ ދޭތެރޭ އެމެރިކާއިން މިސްރާއި ގަތަރް އަދި އެމެރިކާގެ ބައިވެރިންނާއެކު މަޝްވަރާ ކުރާނެކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. އިސްރާގެ ހަނގުރާމައިގެ އެޑްވައިޒަރ އަދި އެނހީތެރިޔާ، އެމެރިކާއިން ބުނެފައިވަނީޙަމާސްގެ ޖަވާބުން އެ ޖަމާޢަތުން މަޑުމައިތިރިކަން އިޚްތިޔާރު ކުރަން ބޭނުންވާކަން ދޭހަވާ ކަމަށެވެ.

ޙަމާސްގެ ޝަރުތުތަކަށް ބަލާއިރު ފުރަތަމަ ޝަރުތަކީ 42 ދުވަހަށް ހަނގުރާމަ މުޅިން ހުއްޓާލުމެވެ. އެ މުއްދަތުގެ ތެރޭގައި ޙަމާސްގެ ބެލުމުގެ ދަށުގައިތިބި ރަހީނުންގެ ތެރެއިން އިސްރާއީލުގެ 33 މީހެއް ދިރިހުއްޓާ ނުވަތަ މަރުވެފައިވާ މަސްގަނޑު އިސްރާއީލާ ޙަވާލު ކުރެވޭނެއެވެ. 

އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ރަހީނު ކޮށްފާތިބި ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ކޮންމެއިސްރާޢީލުގެ ރަހީނަކަށް 30 ކުޑަކުދިންނާއި އަދި 30 އަންހެނުން ޙަމާސްއިން ދޭ ލިސްޓަކާއި އެއްގޮތަށް މިނިވަން ކުރަން ޖެހޭނެކަމަށެވެ.

ފުރަތަމަ ޝަރުތުގެދަށުން ދެން ފުރިހަމަ ކުރަންޖެހެނީ ހަނގުރާމަ ހުއްޓާލެވޭ ފުރަތަމަ ދުވަހުންފެށިގެން އިންސާނިއްޔަތަށް ބޭނުންވާ އެހީތައް ( ކާބޯތަކެއްޗާއި ފެނާއި ހިޔާވަހިކަމާއި ބޭސްފަރުވާއާއި ބެހޭ އެންމެހާތަކެއްޗާއި ތެލުގެ ބާވަތްތައް ) އެއްވެސް ހިފޭއްޓުމެއްނެތި ގައްޒާއަށް ބޭނުންވާ ވަރަށް ލިބިލިބި ހުންނަން ޖެހޭނެއެވެ. 

މީގެ އިތުރުން ރަނގަޅު ފެންވަރެއްގައި ހޮސްޕިޓަލްތަކާއި މެޑިކަލް ސެންޓަރތައް ހިންގުމަށް ބޭނުންވާ ހުރިހާ ތަކެއްޗަކާއި ވަސީލަތެއް ފުރިހަމަކޮށްދޭން ޖެހޭނެއެވެ. ހަމައެއާއިއެކު އެއްވެސް އުނިކަމެއްނެތި ގައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތާއި އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމް ކުރެވިފައި ހުންނަން ޖެހޭނެއެވެ.

ގައްޒާގެ އާންމު ވިޔަފާރިއާއި ބޭކަރީތައް ހިންގުމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އިސްރާޢީލުން ކޮށްގެން ނުވާނެއެވެ. އަދި ގައްޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކާއި ތަންތަން އެ މުއްދަތުގެ ތެރޭގައި ސާފުކޮށް ނިންމަދޭންޖެހޭނެއެވެ.        

އިންސާނިއްޔަތަށް ބޭނުންވާ ސާމާނާއެކު ގައްޒާއަށް މަދުވެގެން ދުވާލަކު 600 ލޮރީގެ ސާމާނާއި 50 ޓްރަކުގެ ތެލުގެ ބާވަތްތައް ލިބެން ޖެހޭނެއެވެ. އޭގެތެރެއިން  ދުވާލަކު 300 ލޮރީ ގައްޒާގެ އުތުރު ސަރަހައްދުތަކަށް ފޮނުވެން ޖެހޭނެއެވެ. 

ހަމާސްއިން ރަހީނުން މިނިވަންކުރާނީ އަންހެނުންނާއި އާންމުންނަށް އިސްކަންދީގެން މިއެއްބަސްވުމަށް އަމަލުކުރަން ފަށާތާ ތިންވަނަ ދުވަހު 3 ރަހީނުން އެއަށްފަހު ކޮންމެ 7 ވަނަ ދުވަހަކު 3 ރަހީނުން މި ތަރުތީބުންނެވެ. 6 ވަނަ ހަފުތާގެ ތެރޭގައި މިއެއްބަސްވުމުގެ ދަށުން ދެން މިނިވަންކުރަންޖެހޭ މީހުން މިނިވަން ކޮށްދެވޭނެއެވެ.

ހަމާސްގެ ލިސްޓާއި އެއްގޮތްވާ ގޮތުގެ މަތިން އިސްރާއީލުގެ ޖަލުތަކުގައި ތިބި މީހުން މިނިވަން ކުރަމުން ގެންދަން ޖެހޭނެއެވެ.

އިސްރާއީލު ސިފައިންގެ ބައެއް ލަޝްކަރުތައް ގައްޒާއިން ފައިބަން ޖެހޭނެއެވެ. އަދި ގައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް ގައްޒާގެ ދެކުނާއި އުތުރަށް މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ލިބިފައި އޮންނަން ޖެހޭނެއެވެ.                         

މިލިޓްރީ ފްލައިޓްތައް ދުވާލަކު 10 ގަޑިއިރަށްވުރެން ގިނައިން ގައްޒާގެ މަތިން އުދުހިގެން ނުވާނެއެވެ. ރަހީނުން ބަދަލުކުރާ ދުވަސްތަކުގައި 12 ގަޑިއަރަށްވުރެން ގިނައިން އުދުހިގެން ނުވާނެއެވެ.

އިސްރާއީލުގެ ޖަލުތަކުގައި ރަޙީނު ކޮށްފައިތިބި ފަލަސްތީނީންގެ ފުރަތަމަ ގުރޫޕް މިނިވަންކުރެވޭތާ 3 ވަނަ ދުވަހު އުތުރު ގައްޒާގެ އަލް ރާޝިދު ސްޓްރީޓުގައިތިބި އިސްރާއީލުގެ ހުރިހާ ސިފައިން ފައިބައި މިލިޓްރީ ތަންތަން ރޫޅާލަން ޖެހޭނެއެވެ.

އެއްބަސްވުމުގެ 22 ވަނަދުވަހު ގައްޒާގެ މެދުތެރޭގައި ސަލާހުއްދީން ރޯޑުގެ އިރުމަތީގައިތިބި ހުރިހާ ސިފައިން އިސްރާއީލުގެ ބޯޑަރަށް ގެންދަން ޖެހޭނެއެވެ.      

ދެވަނަ ޝަރުތަކީ އިތުރު 42 ދުވަހުގެ މުއްދަތުގެ ތެރޭގައި މުޅި ގައްޒާއަކީ މިނިވަން އަމާން ވެއްޓެއް ކަމުގައި ކަށަވަރު ކުރުމާއިއެކު މިހާރު މިކިޔާ “ ދާއިމީ ހަނގުރާމަ ހުއްޓާލުން “ މި ބަސްވެސް މޭޒުމަތިން އެއްފަރާތްކޮށް އެއްލާލުމެވެ. އަދި އާންމުގޮތެއްގައި އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާއިން ބޭލުމެވެ.

މިހިސާބުން އިސްރާއީލުގެ ޖަލުތަކުގައި އެހާތަނަށް މިނިވަން ނުކޮށްތިބި ފަލަސްތީނީން މިނިވަންކުރުމާއި އަދި ޙަމާސްގެ ޖަލުތަކުގައި ހައްޔަރުކޮށްފައިތިބި އިސްރާއީލުގެ ރިޒާރވިސްޓުންނާއި ސިފައިން ދޫކޮށްލެވޭނެއެވެ. 

ތިންވަނަ ޝަރުތަކީ އެހިސާބުން މަރުވެފައި ނުވަތަ މަރާލާފައިތިބި މީހުންގެ ހަށިގަނޑުތައް ހަވާލުކުރުމާއެކު ޔުނައިޓެޑް ނޭޝަންސް އާއި ގަތަރާއި މިސްރުގެ ފާރަވެރިކަމުގެ ދަށުގައި ގައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް ފަށައިގަތުމާއި އިސްރާއީލުން ގައްޒާ ހިސާރުކޮށްފައި އޮތް އޮތުން ދާއިމީ ނިމުމަކަށް ގެނައުމެވެ. 

ގައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތުގެ ތެރޭގައި ވީރާނާ ކޮށްލާފައިވާ އަމިއްލަ މީސްމީހުންގެ ގެދޮރާއި ތަންތަނާއި ވަސީލަތްތައްވެސް ހިމެނެން ޖެހޭނެއެވެ.                              

ގައްޒާ އަލުން ބިނާކޮށް އާރާސްކުރުމުގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދަންވާނީ ޔުނައިޓެޑް ނޭޝަންސް އާއި ގަތަރާއި އަދި މިސްރުގެ ފާރަވެރި ބެލުމުގެ ދަށުންކަމުގައި ބުނެފައިވެއެވެ. އެ ހުރިހާ މަސައްކަތް ތިންއަހަރާއި ފަސް އަހަރުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް