މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

Loading

Facebook
Twitter
WhatsApp

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މިއަދުގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށާއި އެލާޓް ނެރެފައިވަނީ ހަވީރު 17:00 އާ ހަަމައަށް ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދު ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް