ފޮރިން މިނިސްޓަރު ޒަމީރު މާދަމާ އިންޑިއާއަށް ވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މާދަމާ އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅަކީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއް ކަމަށެވެ.

މިއީ ފޮރިން މިނިސްޓަރު ޒަމީރު މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުން މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

Loading

One Response

  1. ކޮބާ ގުރުކީން ގެނައިހާ ކާޑާއި ކުކުޅުބިސް، ފިޔާ، އަލުވިތައް؟ ހުސްވީތަ؟ ބޯހަލާކު. މާގިނައިން ވާހަކަ ދައްކަނީ ސައިޒް އޮޅިފާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް