އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދައި އާންމުކުރަމުންދިޔަ ޔާޔާ ނަބީލު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯއާއި ފޮޓޯ ޝާއިއުކުރަމުންދިޔަ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ހަވީރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދިޔަ 39 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުން ހައްޔަރުކޮށްފައިވަނީ މީގެކުރިން މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާންމުކުރި މައްސަލައެއްގައި ހައްޔަރުކުރި ދިވެހި ފިރިހެނެއް ކަމަށްވާ ގ.ކަމަރާގެ މުޙައްމަދު ނަބީލް (ޔާޔާ ނަބީލް) އެވެ.

ނަބީލު ހައްޔަރުކޮށްފައި މިވަނީ އޭނާގެ މުޑުދާރު އަމަލުތައް ފާހަގަކޮށް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.

Loading

One Response

  1. މިގައުމުގެ ކަންތައްތައް މިހާވަރުންދަންޏާ ދައްޖާލު އަރާކަށް މާކަގިނަދުވަހެއް ނުވާނެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް