ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ 30 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކަށް އަނިޔާވެގެން މިއަދު ހެނދުނު 10:38 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

އެގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. 

މީގެ އިތުރުން މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. 

މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް