މަޖިލިސް އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު މިހާތަނަށް ވޯޓު ނުލާ މީހުންގެ އަދަދު 103،257 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ދެންމެ އާންމުކުރި މަޢުލޫމާތުގައި ބުނީ 16:00 އާއި ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތް 181،406 އަރާ ކަމަށެވެ.
މިގޮތުން ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 88،230 އަންހެނުންނާއި 93،176 ފިރިހެނުން ކަމަށް އީސީން ހާމަކުރެއެވެ.
އަދި ވޯޓުނުލާ 103،257 މީހުން އެބަތިބި ކަމަށް އީސީން ހާމަކުރެއެވެ.
މި އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދާނީ މިއަދު ހަވީރު 5:30 ހަމައަށެވެ.
މީގެ އިތުރުން މި އިންތިޚާބުގައި ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިފައި ވާއިރު 145،302 ފިރިހެނުންނާއި 139،361 އަންހެނުން އޭގެ ތެރޭގައި ހިމެނެއެވެ.