ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ފެނުނު ބަޔަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ އޭޕްރިލް 05 ވަނަ ދުވަހުގެ ހަވީރު 04:54 އެހައި ކަންހާއިރު ހުޅުމާލެ، ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލުޖެހި ހިނގި ދިމާވި އެކްސިޑެންޓެއްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް މީހަކު ނުވަތަ ބަޔަކު ވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.
ފުލުހުން ވަނީ ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
![]()
