އިންޑިއާއިން ރާއްޖެ އެތެރެކުރާ ކާބޯތަކެއްޗާއި ހިލަޔާ ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ އިތުރުކޮށްދީފި

Loading

Facebook
Twitter
WhatsApp

އިންޑިއާއިން ރާއްޖެ އެތެރެކުރާ ކާބޯތަކެއްޗާއި ހިލަޔާ ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ އިތުރުކޮށްދީފިއެވެ. 

މިކަން ހާމަކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ، ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ހިލަޔާ ހިލަވެލިން ރާއްޖެ އަށް އެކްސްޕޯޓް ކުރަން އިންޑިއާ އިން ކުރިން ދީފައިވާ ކޯޓާ މި އަހަރު އާކޮށްދިން އިރު އެ ކޯޓާ އިތުރުކޮށްދީފައިވާ ކަމަށެވެ. 

އެގޮތުން ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގުގެ ކޯޓާއިން ވަނީ ފަސް ޕަސެންޓް އިތުރުކޮށްދީފައެވެ. 

އަދި ހިލަޔާއި ހިލަވެލީގެ ކޯޓާ ވަނީ 1 މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައެވެ. މިއީ 25 ޕަސެންޓުގެ ކުރިއެރުމެކެވެ. 

ހިލަ/ހިލަވެލި: 1 މިލިއަން މެޓްރިކް ޓަނު 

ބިސް: 427 މިލިއަން   

އަލުވި: 21،513.08 މެޓްރިކް ޓަނު

ފިޔާ: 35،749.13 މެޓްރިކް ޓަން

ހަނޑޫ: 124،218.36 މެޓްރިކް ޓަން

ގޮދަން ފުށް: 109،162.96 މެޓްރިކް ޓަން

ހަކުރު: 64،494.33 މެޓްރިކް ޓަން

މުގު: 224.48 މެޓްރިކް ޓަން

މި ހުއްދައިގެ ދަށުން އިންޑިއާއިން އެ ބާވަތްތަކުގެ އެކްސްޕޯޓަށް މި އަހަރު ގެންނަ ކޮންމެ ބަދަލަކުން ވެސް މި ކޯޓާ އިސްތިސްނާ ވާނެކަން އެ ޤައުމުން ހާމަކޮށްފައި ވެއެވެ. 

މިއީ 1981 ވަނަ އަހަރު ދޫކުރި ޚާއްސަ ހުއްދައިގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން ހާމަކުރެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް