ފާއިތުވި 72 ގަޑިއިރު ތެރޭގައި 21.6 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގަނެފި

Loading

Facebook
Twitter
WhatsApp

ފާއިތުވި 72 ގަޑިއިރު ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21.6 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

އެގޮތުން މިނިސްޓަރު އިހުސާނު އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި 72 ގަޑިއިރު ތެރޭގައި ފުލުހުންގެ އިންޓެލިޖެންސްއާއި ކަސްޓަމްސް އިން ހިންގި އެކި އޮޕަރޭޝަން ތަކުގައި 16.69 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

މިގޮތުން އެ ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 21.6 ދިވެހި ރުފިޔާގެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް