ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީ ކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

ހއ. ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ޓުއަރިޒަމް މިނިސްޓްރީއާ ކެލާ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މި މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކެލާ ކައުންސިލާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެންނެވެ. 

ޓުއަރިޒަމް މިނިސްޓްރީގެ އަމާޒަކީ މި ދައުރުގެތެރޭގައި ކެލާ ފަޅުތެރެއިން ބިން ހިއްކާ ރިސޯޓެއް ތަރައްޤީކޮށް، ފަތުރުވެރި ކަމަށް ހުޅުވާލުން ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. 

އެ މިނިސްޓްރީން ބުނީ ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި ސިންގަޕޫރު، ދުބާއި، ތައިލޭންޑު އަދި މެދުއިރުމަތީގެ ޤައުމުތަކުގައި އިންވެސްޓުމަންޓު ފޯރަމްތައް ބާއްވާ މި ފޯރަމްތަކުގައި މި މަޝްރޫޢުއަށް އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. 

ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް މިދިޔަ ފެބްރުއަރީ މަހު ކެލާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް