ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ފައިސަލް އެމްޑީޕީއަށް ސޮއި ކުރައްވާފައި ވަނީ މިއަދުއެވެ. އެ މަނިކުފާނު އެމްޑީޕީއާ ސޮއިކުރެއްވި ކަމުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ.

އެމްޑީޕީއާ ގުޅިވަޑައި ގަތުމަށްފަހު ފައިސަލް ވިދާޅުވީ ރައްޔިތުންނާއި ގާތުން އަދި ރައްޔިތުންނަށް ހިތްހަމަޖެހޭ މިންވަރަށް ޚިދުމަތް ކުރެވޭނީ އެމްޑީޕީ ފިކުރުން ކަމަށެވެ. އަދި އެ މަނިކުފާނު އަބަދުވެސް ހުންނެވީ އެމްޑީޕީ ފިކުރުގައި ކަމަށެވެ.

ފައިސަލް ވަނީ 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމާ އެކު އެ ޕާޓީއަށް ސޮއި ކުރައްވާފައެވެ. އޭގެ ފަހުން، 2008 ވަނަ އަހަރު ޤާސިމް އިބްރާހިމް ޖޭޕީ އުފެއްދެވުމާ އެކު ފައިސަލް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީއަށް ސޮއިކުރައްވާފައެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނެރުއްވިއިރު، އެ މަނިކުފާނުގެ ރަނިންމޭޓަކަށް ވުމަށް ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓު ކާމިޔާބު ކުރެއްވީ ފައިސަލް އެވެ. މިގޮތުން ފައިސަލް އަކީ އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ އަދި ހަމައެކަނި ނައިބު ރައީސްއެވެ.

ފައިސަލް ޖޭޕީން ވަކިވެ ވަޑައިގެންފައި ވަނީ މިދިޔަ ޖެނުއަރީ މަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް