މެއި 10 ގެ ކުރިން ހުރިހާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާއިން އެއްބަސްވެއްޖެ

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަންނަ މެއިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އަނބުރާ ގެންދިއުމަށް އިންޑިއާއިން އެއްބަސްވެއްޖެއެވެ.

މި ގޮތަށް އެއްބަސްވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އެކުލަވާލައިފައިވާ ހައިލެވެލް ކޯރ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުން އޮތީ މިއަދު ނިއުދިއްލީގައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިގުތިސާދީ އަދި ތަރައްގީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބިއިރު 10 މާޗުގެ ކުރިން އެއް ސަރަހައްދުގައި ތިބި ސިފައިން ބޭލުމަށާއި އަނެއް ދެ ސަރަހައްދުގައި ތިބި ސިފައިންގެ 10 މެއި ގެ ކުރިން އަނބުރާ ގެންދިއުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ.

ހައިލެވެލް ކޯ ގްރޫޕުގެ ތިންވަނަ ބައްދަލުވުން ފެބްރުއަރީ މަހުގެ ފަހު ހަފުތާގެ ތެރޭގައި ދެފަރާތުން އެއްބަސްވާ ތާރީޚެއްގައި މާލޭގައި ބޭއްވުމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން. ފޮޓޯ: އަދިވެސް ނޫސް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް