ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރަކީ އެއް ޒަމާނެއްގައި ސުޕާ ސްޓާ އަޖޭ ދޭވްގަންގެ ދުޝްމަނެއް ކަމަށް އޭނާ ބުނެފިއެވެ.
އަޖޭ މިކަން ހާމަކޮށްފައި ވަނީ ކޮފީ ވިތް ކަރަންގެ އެޕިސޯޑެއްގައި ވާހަކަދައްކަމުންނެވެ.
މި ޝޯގައި ވާހަކަ ދައްކަމުން އަޖޭގެ ދުޝްމަނެއް ހުރޭތޯ ކަރަން ސުވާލުކުރުމުން އަޖޭ ބުނީ ކަރަން ކަމަށެވެ. އެއާއެކު ކަރަން އަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ.
އަޖޭ ބުނީ 2016 ވަނަ އަހަރު އަޖޭ ޑައިރެކްޓްކޮށް ޕްރޮޑިއުސް ކޮށް އުފެއްދި ފިލްމު ”ޝިވާއީ“ އާއި ކަރަން ޑައިރެކްޓްކޮށް ޕްރޮޑިއުސް ކުރި ފިލްމު ”އޭ ދިލް ހޭ މުޝްކިލް“ އެއް ދުވަހެއްގައި ރިލީޒް ކުރުމުން އެ ދުވަސްވަރު އެ ދެމެދުގައި ހިޔާލުތަފާތުވުން އުފެދި ހިތްހަމަނުޖެހުން އުފެދުނު ކަމަށެވެ.
އެގޮތުން ކަރަން ޖޯހަރަކީ އެއް ޒަމާނެއްގައި އޭނާގެ ދޫޝްމަނެއް ކަމަށް އަޖޭ ވަނީ ބުނެފައެވެ.
ޝިވާއީ އާއި އޭ ދިލްހެ މުޝްކިލް ދެ ފިލްމަކީ ވެސް އެއް ފިލްމު އަނެއް އަނެއް ފިލްމާއި ވާދަވެރި ދެ ފިލްމެވެ. އެއްދުވަހެއްގައި ރިލީޒް ކުރި މި ދެ ފިލްމަށް 2016 ވަނަ އަހަރު އެއް ހަފްތާ ވީއިރު ކަރަންގެ އޭ ދިލް ހޭ މުޝްކިލް އަށް ބޮކްސް އޮފީހުގައި 84.75 ކްރޯޑް ރުފިޔާ ލިބިފައިވެއެވެ. އަދި އަޖޭ ދޭވްގަންގެ ޝިވާއީ އަށް އެ ހަފްތާގައި 75.02 ކްރޯޑް ރުފިޔާ ލިބިފައިވެއެވެ.