ފޭނަކު ދުރަށް ޖައްސާލާ ގޮތުން  ބޮބީ ޑިއޯލް އަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެ

Loading

Facebook
Twitter
WhatsApp

މަގު ހިނގާފައި ދަނިކޮށް ކުރިމައްޗައް އެރި ފޭނަކު ދުރަށް ޖައްސާލާ ގޮތުން ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް 54އ އަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ފްލައިޓް ޖައްސަން ވަގުތު ކުޑަތަންވެފައި ވަނިކޮށް އެއާޕޯޓު ތެރެއިން ބާރު ސްޕީޑެއްގައި ބޮބީ ހިނގާފައި ދަނިކޮށް ފެނެއެވެ. 

ބޮބީ ހިނގަމުން ދަނިކޮށް އޭނާގެ ކުރިމައްޗައް މީހަކު އެރުމުން އޭނާގެ މަގުން އެ މީހާ ދުރައް ކޮއްޕާލާތަން ފެނެއެވެ. 

މި ވީޑިއޯ ވައިރަލްވުމާއެކު ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައި ވާއިރު، ގިނަ ބަޔަކު ދަނީ ބޮބީ އަކީ ކިބުރުވެރި އަހުލާގެއް ނެތް މީހެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

މީގެ އިތުރުން ބައެއް މީހުން ބުނަމުން ދަނީ ދާދިފަހުން ބޮބީ ކުޅުނު ފިލްމު އެނިމަލް އިން ލިބުނު ކާމިޔާބާއި މަޝްހޫރު ކަމުގެ ސަބަބަބުން އޭނާގެ ވިސްނުން ގެއްލިފައިވާ ކަމަށެވެ. އަދި އެ ފިލްމުގައި ބޮބީ އެކްޓުކޮށްފައިވާ ރޯލު ކޮންމެ މީހަކަށްވެސް ދަމައިގަނެވިދާނެ ކަމަށާއި ބޮބީ އަކީ މުސްކުޅި އެއް ކަމަށެވެ.  

އަނެއްކޮޅުން ބޮބީއަށް ތާއީދުކޮށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި ސެލެބްރިޓީސް އިންނަކީވެސް އިންސާނުން ކަމަށާއި އެމީހުންވެސް އަވަސް އަވަހަށް ތަންތަނަށް ދާންޖެހޭ ދުވަހާއި ހިތްހަމަނުޖެހުންތަކާއި މާލީ މައްސަލަތަށްވެސް ކުރިމަތިވެފައިވެފައިވާ ހާލަތްތައް ދިމާވާނެ ކަމަށެވެ. 

އެހެން ކަމުން އެމީހުންގެ އަމިއްލަ ދިރިއުޅުމަށް އިޙްތިރާމް ކުރަންވީ ކަމަށް ބުނެފައި ވެއެވެ. 

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑަށް ނިކުތް ބޮބީ ކުޅުނު ފިލްމުތަކަށް މަގުބޫލުކަން ކުޑަވުމާ އެކު ފިލްމީ ކެރިއަރުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބޮބީ އެންމެ ފަހުން ކުޅުނު ފިލްމު އެނިމަލް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާ ދެ ހަފްތާ ތެރޭގައި 772 ކްރޯޑް ރުޕީސް ހޯދާފައެވެ. ގިނަ ބަޔަކު ދެކެމުން އަންނަ ގޮތުގައި ފިލްމު އެނިމަލް އަކީ ބޮލީވުޑްގައި ބޮބީގެ އޮއްސުނު ތަރި ފިޔަޖަހާ ކެރިއަރު ކޮޅަށްޖަހައިދިން ފިލްމެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް