ކުރިއަށް އޮތް އެއް އަހަރުތެރޭ އައިވީއެފްގެ ޚިދުމަތް ދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން

Loading

December 14, 2023
sandhaanu news
Facebook
Twitter
WhatsApp

ކުރިއަށް އޮތް އެއް އަހަރުތެރޭ އައިޖީއެމްއެޗުން އައިވީއެފްގެ ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ކުރިން އާސަންދައިގެ އުސޫލުގައިވާ ގޮތުން ދަރިމައިވުމާ ގުޅޭ ފަރުވާތަކަކީ އާސަންދައިގެ ދަށުން ކަވާ ނުކުރާ ފަރުވާތަކެއް ކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ދަރިމައިވުމުގެ ޚިދުމަތްތަކާ ގުޅޭ ފަރުވާތައް އާސަންދައިން ކަވާ ކުރާނެ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ. އެގޮތުން އައިވީއެފްގެ ޚިދުމަތާއި ދަރިމައިވުމާއި ގުޅޭ އެކި އެކި ޑައިގްނޯސިސްތަކާއި އެ ޑައިގްނޯސިސްތަކަށް ދޭ ބޭސް މިއަދުން ފެށިގެން އާސަންދައިން ލިބޭނެ ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ އައިވީއެފްގެ ޚިދުމަތް އައިޖީއެމްއެޗްގައި ޤާއިމު ކުރުމަށް ނިންމުންތަކެއް ނިންމާފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ތެރޭގައި އައިޖީއެމްއެޗުން އެ ޚިދުމަތް ތައާރަފުކުރުން ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް