ބަޣާވާތްކުރާން އުޅޭނަމަ ރައީސް ޞާލިޙަށް ވެސް އިންޑިއާ ސިފައިންގެ އެހީތެރިކަން ހޯއްދެވޭނެ: އިބްރާހިމް މުޙައްމަދުދީދީ

Loading

Facebook
Twitter
WhatsApp

އިންޑިއާ ސިފައިންގެ އެހީތެރިކަން މި ޤައުމުގައި ބަޔަކު ނިކުމެ ބަޣާވާތްކުރާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ވެސް ހޯއްދެވޭނެ ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި އިބްރާހިމް މުޙައްމަދުދީދީ ވިދާޅުވީ 2012 ވަނަ އަހަރު ސަރުކާރު ވައްޓައިލުމަށް ބަޔަކު ނިކުތީ ދީނާއި ޤައުމަށްޓަކައި މިނިވަންކަން ހޯދުމަށް ކަމަށެވެ. އަދި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 03 ވަނަ ދުވަހު ލަންކާގެ އެލްޓީޓީއާއި ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެއަރައި ހިންގި ބަޣާވާތާއި ދެކޮޅަށް އިންޑިއާ ސިފައިންގެ އެހީތެރިކަން އޭރުގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމު ވެސް ހޯއްދަވާފައިވާކަމަށް އިބްރާހިމް މުޙައްމަދުދީދީ  ވިދާޅުވިއެވެ.

އިބްރާހިމް މުޙައްމަދުދީދީ މިހެން ވިދާޅުވިއިރު އިދިކޮޅު ކޯލިޝަނުން ވަނީ ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާކަމަށް ބުނެ މަގުމައްޗަށް ނިކުންނަންޖެހިފައިވާކަމަށް ބުނެފައެވެ. ނަމަވެސް އެއީ ޤައުމު އިސްލާހުކުރަން ކަމަށާއި ނިކުންނާނީ ބަޣާވާތެއް ކުރަން ނޫންކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް