ޗާގޯސް މައްސަލަ ކެބިނެޓަށް ގެންނާނަން: ރައީސް

Loading

Facebook
Twitter
WhatsApp

ޗާގޯސް މައްސަލަ ކެބިނެޓަށް ގެންނަވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރާއްޖެއާއި ޗާގޯސްއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ނިންމި ނިންމުން އިސްތިއުނާފު ކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

މި މައްސަލައިގައި އިޓްލޮސް އިން މިދިޔަ އަހަރު ނިންމީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބަަހައިލާށެވެ. އެގޮތުން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށް ބަހާލައިފައިވާއިރު ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޗާގޯސް މައްސަލަ ކެބިނެޓާ ހަމައަށް ގެންނަވާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމާބެހޭ މަސައްކަތްތައް އެޓާނީ ޖެނެރަލް އޮފީހާއި ފޮރިން މިނިސްްރީގައި ކުރިއަށްދާ ކަމަށެވެ. އަދި އެ ކަންތައްތައް ދިރާސާކޮށް ވަރަށް އަވަހަށް ޕޭޕރެއް އެކުލަވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް