އައްޑޫ ގުރޫޕް މާރާމާރީ: ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދު

Loading

Facebook
Twitter
WhatsApp

މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މި މާރާމާރީއާ ގުޅިގެން
ހައްޔަރުކޮށްފައިވަނީ 4 ދިވެހިންނެވެ.

އެއީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.

މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ފިރިހެނަކު ވަނީ ޒަޚަމްކޮށްލާފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭނާއަށް އިތުރު ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް