ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެެއް އުފައްދަވަނީ

Loading

Facebook
Twitter
WhatsApp

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީން ވަކިވެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި ރައީސް ޔާމީންގެ ލޯޔަރު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ޗެނަލް 13 އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމްއާ ދުރަށް ވަޑައިގަންނަވަން ޖެހި ވަޑައިގަތީ ވަރަށް ގިނަ ކަންތައްތަކެއް ހިނގާ ދިއުމުގެ ސަބަބުން ކަމަށެވެ.

ޖަމީލު ވިދާޅުވީ ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހު ޑރ.މުޢިއްޒު މިއަދާ ހަމައަށް ވެސް ރައީސް ޔާމީނުގެ ފޯނެެއްވެސް ނުނަންގަވާ ކަމަށެވެ. އަދި ޕީޕީއެމްގެ ލީޑާޝިޕުން ރައީސް ޔާމީނާ ދުރަށްވަޑައިގެންފައިވާ ކަމަށާއި ރައީސް ޔާމީނަކާ މަޝްވަރާއެއް ނުކުރައްވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

ހަމައެއާއެކު އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީން އެ ޕާޓީގައި ހުންނަވައިގެން ރައީސް ޔާމީންގެ މަޝްވަރާ ހޯއްދަވައިގެން ޕާޓީ ހިންގަވަން އެބޭފުޅުން ބޭނުމެއްނުވާ ކަމަށާއި ޕާޓީ ހިންގުމަށްޓަކައި އެއްވެސް ހަރަކާތެއް އެބޭފުޅުން ކުރައްވަން ބޭނުންނުވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

މި ހުރިހާ ކަންތައްތަކެއް މިހެން ހުރުމުންގެ ސަބަބުންނާއި ރާއްޖޭގެ ރައްޔިތުން އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާތީއާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ޔާމީން ޕާޓީއިން ވަކިވެވަޑައިގަންނަވަން ނިންމެވީ ކަމަށް ޖަމީލު ވިދާޅުވިއެވެ.

Loading

2 Responses

  1. ޔާމީނަށް ޖެހޭނީ އަންނިއަށް ޖެހުނު ދަތުރު! ޕާރޓީ ގެއްލި، ވެރިކަން ގެއްލި، މަޖްލިސް ގެއްލި، ސިޔާސީ ދާއިރާއިންވެސް ވާނީ ބާކީ! ޒަމާން ބަދަލުވެއްޖެ! އެންމެންނަށްވެސް އިނގޭ ފަޅުތައް ވިއްކާފައި ޑޮލަރު ނެގީ ކާކުކަން! އިންސާފު ހަމަކުރާނެކަން! ތިހުރީދެން ޖަލުންވެސް ސަލާމަތްވެފަ! ހަމަ ޖެހޭނީ ހުކުމްގެ މުއްދަތު ހަމަކުރަން! ހެހެހެހެ 11 އަގާރަ އަހަރު ޖަލުގައި އޮވޭ!

    1. ތިހެނެއް ނުވާނެއެވެ. އަންނިއަށް ވީހެނެއް ރައީސް ޔާމީނަކަށް ނުވާނެއެވެ. އެހެނީ 7 ދުވަހުގެ ތެރޭގައި ތިކުޅޭ ގޭމް ޔާމީނަށް އެނގުނީއެވެ. އަންނިއަށް ރޭކާލީ މީހުންކޮޅުވެސް ގެއްލި 4 އަހަރުފަހުންނެވެ. މަށަށް ހީވަނީ ދެން އަބުދުއްރަޙީމް އާއި ހެދި މުޢިއްޒުގެ ވެރިކަން ޚަރާބުވާނެ ހެނެވެ. ވީމާ ދެން ބަލަން ތިބެމާހެއްޔެވެ. ޖަލުންވެސް ދޫކޮށްލާނެއެވެ. އަދި ކުރީގެ ޙުކުމް ބާތިލްވިހެން މިހާރުގެ ޙުކުމްވެސް ބާތިލުވާނީއެވެ. ގައުމުގައި އުފެދުނު ބޮޑު ދެވަގުން ގޭގައި ބައިތިއްބައިގެން ހެކި އުފައްދައިގެން ކޮށްފާވާ ސަބަބުވެރި ޙުކުމެއްކަން ނޭގޭ ފަނޑިޔާރެއްވެސް ނެތެވެ. ވީމާ ކަންކަން ބަދަލުވަމުން ދާނޭކަން ޔަގީނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް