ޕީސީބީގެ ރައީސަކަށް ޙަމްދީ އައްޔަން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ހެންވޭރު ރަންގަލި 4, ޙަމްދީ ޢަޤީލް އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕީސީބީގެ ރައީސްކަމަށް ޙަމްދީ އައްޔަން ކުރެއްވީ އިއްޔެގައެވެ.

އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ޙަމްދީ ޢަޤީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާއި, މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ހިމެނެއެވެ.

މީގެއިތުރުން ރައީސް ވަނީ ޕީސީބީއަށް ހަތަރު މެންބަރުން އައްޔަން ކުރައްވައިފައެވެ.

ޕީސީބީ އެކުލެވެނީ ރައީސް އައްޔަން ކުރައްވާ 7 މެންބަރުންގެ މައްޗަށެވެ.

ފޮޓޯ: މިހާރު ނޫހުން ނަގާފައި

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް