ކެބިނެޓަށް އައްޔަންކުރެއްވި މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރެއްވި މެންބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ, މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މި މަހުގެ 17 ވީ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ 22 ބޭފުޅުންނެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށްޓަކައި މަޖިލީހަށް ފޮނުއްވީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ އެ މައްސަލަ ކަމާގުޅޭ ކޮމިޓީއަށް ފޮނުވިކަން އިއުލާނު ކުރައްވައިފައެވެ.

ރައީސް މި މައްސަލަ މަޖިލީހަށް ފޮނުއްވާފައިވާއިރު އެމްޑީޕީ މެންބަރުން ގެންދަވަނީ ވަޒީރުކަމަށް އައްޔަން ކުރައްވާފައިވާ ބައެއް ބޭފުޅުންނަށް ރުހުން ނުދޭން މަޝްވަރާ ކުރައްވަމުންނެވެ.

އޭގެތެރޭގައި ޢަލީ އިޙްސާން (މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ) އާއި މުޙައްމަދު ސަޢީދު (މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް) އާއި ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް) އާއި ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދު (މިނިސްޓަރ އޮފް ހައުސިންގ, ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް) ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް