މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ހދ.މަކުނުދޫ ގައި ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީގެއިރުކޮޅެއް ކުރިން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަކުނުދޫގައި އެއްޗެއް ގޮވާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ގޮވާފައިވަނީ މަސް މާރުކޭޓު ކައިިރީގައި އޮތް ގޭސް ސިލިންޑަރެކެވެ.

މި ހާދިސާގައި ނިޔާވީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުންނެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް