އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްޠީނު ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް އެންގީ ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ އިޒްރޭލްގެ ސަޙްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދެއްވައި އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ހަމަޖައްސާފައިވަނީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢިުތިދާލުގައި ގުނޫޒު ނާޒިލާ ކިޔުމަށެވެ.
މިކަން އިމާމުންނަށް އަންގައިދިނުމަށް ސާކިއުލާގައި ވަނީ އެދިފައެވެ.