ޕީއެންސީގެ ރައީސަކަށް އިންތިޚާބީ ރައީސް ޑރ.މުޢިއްޒު 

Loading

Facebook
Twitter
WhatsApp

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސްގެ މަގާމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސައިފިއެވެ.

ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ވަނީ ބާއްވައިފައެވެ. މި މަޖިލީހުގެ މެންބަރުންގެ އަދަދަކީ 50 ކަމަށްވިޔަސް ހާޒިރުވީ 41 މެންބަރުންނެވެ.

މިރޭގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސްގެ މަގާމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ނައިބު ރައީސްގެ މަގާމަށް އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) އާއި ޗެއާޕާސަންއަކަށް ޢަބްދުއްރަޙީމް (އަދުރޭ) ހަމަޖެއްސީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ޕީއެންސީގެ ރައީސްގެ މަގާމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހަމަޖެއްސުމާ ހަމައަށް ރައީސްގެ މަގާމުގައިި ހުންނެވި ޢަބްދުއްރަޙީމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް