ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު: ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

Loading

September 14, 2023
profile
Facebook
Twitter
WhatsApp

‏ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މާާދަމާ 15:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށް ކަމަށެވެ.

“މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި.“ އީސީއިން ބުންޏެވެ.

ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓުން ޗެކްކުރެވޭނެ.

 މީގެއިތުރުން (VR space ID.No‎ Send to 1414) އެސްއެމްއެސް ކޮށްގެން ވެސް ޗެކްކުރެވޭނެ.

ރީ-ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.

ރީ-ރަޖިސްޓަރީވުމަށް އެދޭ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

އީސީއިން ބުނީ ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ ސެޕްޓެންބަރު 15 އިން 17 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 04:00 އަށް ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކަމަށާއި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުން ރީ-ރަޖިސްޓްރީ ކުރުން ހަމަޖެހިފައިވާ ގޮތް:

އިންޑިޔާ/ ޓްރިވެންޑްރަމް: ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓު ޖެނެރަލްގައި ހުކުރު ދުވަހުން އާދީއްތަ ދުވަހަށް (10:00 އިން 15:00 އަށް)

ސްރީލަންކާ/ ކޮލޮމްބޯ: ކޮލަންބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ހުކުރު ދުވަހުން އާދީއްތަ ދުވަހަށް (10:00 އިން 15:00 އަށް)

މެލޭޝިއާ/ ކުއަލަލަމްޕޫރް: ކުއަލަރ ލަމްޕޫރުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި ހުކުރު ދުވަހުން އާދީއްތަ ދުވަހަށް (10:00 އިން 15:00 އަށް)

އިނގިރޭސިވިލާތް/ ލަންޑަން: ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ހުކުރު ދުވަހުން އާދީއްތަ ދުވަހަށް (10:00 އިން 15:00 އަށް)

އެކުވެރި ޢަރަބި ޢިމާރާތް / އަބޫ ދާބީ: އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހުކުރު ދުވަހުން އާދީއްތަ ދުވަހަށް (10:00 އިން 15:00 އަށް)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް