އަލަށް ވޯޓުލެވޭ 408 ޒުވާނުންނާއެކު ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282,803 މީހުންނަށް

Loading

September 14, 2023
profile
Facebook
Twitter
WhatsApp

ސެޕްޓެންބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފިއެވެ.

މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު, މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ, ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ, އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ.  

އީސީން އާންމުކުރި ލިސްޓުގައިވާ ގޮތުން ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ އިތުރަށް 408 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

 ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބުނީ 282395 މީހުންނަށެވެ.

އީސީއިން ބުނީ ދެވަނަ ބުރުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރޭ 196 އަންހެންނުންނާއި 212 ފިރިހެނުންނާއެކު

ޖުމްލަ 408 ޒުވާނުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 282803 އެވެ.

އީސީއިން ބުނީ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ މާދަމާއިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކަމަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.

ޝަކުވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް