މުޢިއްޒަކީ ހަރުކަށި ބޭފުޅެއް ނޫން, އެވަރުގެ ތެދުވެރި ވަފާތެރި ފިރިއަކު ނުލިބޭނެ: ސާޖިދާ

Loading

September 12, 2023
profile
Facebook
Twitter
WhatsApp

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި ހައްގުތަކުން މަހުރޫމު ކުރާނެކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޑރ.މުޢިއްޒުގެ ވެރިކަމެއްގައި އަންހެނުންގެ ހައްގުތައް ނިގުޅައިގަންނާނެ ކަމަށް ބުނެ ވާހަކަ ފަތުރަމުންދާތީ ސުވާލުކުރުމުން މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ މުޢިއްޒާ ގުޅޭ ގޮތުން އެފަދަ ވާހަކަތައް ދައްކަނީ ކީއްވެކަން ސާފުވާން ޖެހޭ ކަމަށެވެ.

އެއަށްފަހު ވިދާޅުވީ އިސްލާމްދީނަކީ އަންހެނުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކޮށްދީފައިވާ ދީން ކަމަށާއި އެ ދީނުގެ އަސާސްތަކާ ދެކޮޅަށް ދެއްކޭނެ ވާހަކައެއް ނެތް ކަމަށެވެ.

ސާޖިދާ ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތުގައި އޭނާ މަސައްކަތް ކުރައްވާތާ 23 އަހަރުވެއްޖެ ކަމަށާއި އޭނާއާއި މުޢިއްޒުއަކީ ވެސް މީހުން އެބުނާ އެކްސްޓްރީމް ގައުމުތަކުން ކިޔައިވައިގެން ތިއްބެވި ބޭފުޅުންނެއް ނޫން ކަމަށެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި މުޢިއްޒަކީ އޭނާ ކުރާ ކޮންމެ ކަމެއްގެ އެއްބައިގައި ހިފަހައްޓަވާ ބޭފުޅެކެވެ. އަދި އެއީ ވަރަށް އެހީތެރިވެދެއްވާ ބޭފުޅެއް ކަމަށާއި މަތީ ތައުލީމު ހޯއްދަވަން ބޭނުންވުމުން އެ ފުރުސަތު ފަހިކޮށްދެއްވީ ވެސް މުޢިއްޒު ކަމަށެވެ.

މީގެއިތުރުން މުޢިއްޒަކީ ވަފާތެރިކަމުގައި ދެވަނައެއް ނެތް މިސާލެއް ކަމަށާއި އެއަށްވުރެ ރަނގަޅު, ދަރިންދެކެ ލޯބިވާ އަދި އަނބިމީހާއަށް ތެދުވެރި ވަފާތެރި ފިރިއަކު ނުލިބޭނެ ކަމަށް ވެސް ސާޖިދާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް