އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Loading

September 6, 2023
profile
Facebook
Twitter
WhatsApp

މ.ހައުސްޕްލާޒާގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މާފަންނު ޝީ ބިލްޑިންގ ކައިރީގައި ހުންނަ ހައުސްޕްލާޒާގޭގައި ގުދަނެއްގެ ގޮތަށް ހުރި ތަނެއްގައި ހުރި ކުނިތަކެއްގައ އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ވަނީ އަލިފާން ނިއްވާލައިފައެވެ.

މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން  ދެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރަތަކީ މީހުން ދިރިއުޅެމުންދާ ތަނެއް ނޫނެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ނަމަވެސް އެ އިމާރާތުގައި އޮތް ކާރަކަށް ވަނީ ގެއްލުންވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް