މާލޭގެ ފިހާރައެއްގައި އަލިފާން ރޯވެ, އެތަން އެއްކޮށް އަނދައި ހުލިވެއްޖެ

Loading

September 6, 2023
profile
Facebook
Twitter
WhatsApp

ރޭ ފަތިހު މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަން އެއްކޮށް އަނދައި ހުލިވެއްޖެއެވެ.

ގަލޮޅު އޮޓޯ ގަރާޖު ސަރަހައްދުން ރަތްވިލާ ގޯޅީގައި ހުންނަ ވެގާ ޕޮއިންޓްގައި މި ހާދިސާ ހިނގީ ފަތިހު 4:30 ހާއިރުއެވެ.

މި ހާދިސާގައި އެ ތަނުގައި ހުރި ހުރިހާ މުދަލެއް ވަނީ އަނދައި އަޅިއަށްވެފައެވެ.

އެމްއެންޑީއެފްއިން ބުނީ ފިހާރަ ކުރިމަތީގައި ޕާކްކޮށްފައިހުރި 15 ވަރަކަށް ސައިކަލުގައި ވެސް އަލިފާން ރޯވި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވީ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް