ސަޢޫދީ އެރޭބިޔާގެ ނިއުކްލިއަރ ޕްލާންޓް ޕްރޮޖެކްޓް ޗައިނާއަށް

Loading

Facebook
Twitter
WhatsApp

ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި ސައޫދީ އެރޭބިޔާގެ އިރުމަތީ ސަރަޙައްދުގައި ގާއިމްކުރަން ބޭނުންވާ ސިވިލް ނިއުކްލިއަރ ހަކަތައިގެ މަޝްރޫއު ޗައިނާއަށް ލިބިދީފިއެވެ. ވޯލްސްޓްރީޓުން ދެކޭގޮތުގައި މީގެ ސަބަބުން އެމެރިކާއާއި ސަޢޫދީ އެރޭބިޔާގެ ގުޅުންތަކުގެ ރޭލު އިތުރަށް ރޭލުދަގަނޑު މަތިން ކައްސާލާނެއެވެ. ޗައިނާގެ ޚާރިޖިއްޔާއިން އަދި ޗައިނާގެ ނޭޝަނަލް ސިވިލް އެނަރޖީ ކޯރޕަރޭޝަނުންވެސް މިޚަބަރު މިހާތަނަށް ޔަގީންކޮށްދީފައެއް ނުވެއެވެ. އަދި ސަޢޫދީ އެރޭބިޔާގެ ޚާރިޖިއްޔާއިންވެސް މަޢުލޫމާތު ލިބޭގޮތެއް ނުވިއެވެ.  އެހެންނަމަވެސް ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާރސަން ވިދާޅުވީ ސިވިލް ނިއުކްލިއަރ އެނަރޖީ ވެސް ހިމެނޭގޮތުގައި ދެގައުމަށް ފައިދާކުރަނިވި ހުރިހާ ދާއިރާއަކުން އެކުވެރިކަމާއެކު ޗައިނާއިން މަސައްކަތް ކުރާނެކަމަށެވެ.

މީގެކުރިން އިޒްރޭލާއިއެކު ގުޅުން ގާއިމް ކުރުމާބެހޭ ގޮތުން އެމެރިކާއާއި އެކު ދެކެވެމުންދިޔަ ވާހަކަ ތަކުގައި ސަޢޫދީ އެރޭބިޔާއިން ވަނީ އެމެރިކާއިން ސަޢޫދީ އެރޭބިޔާގައި ސިވިލް ނިއުކްލިއަރ ހަކަތަ ގާއިމްކޮށްދިނުން ޝަރުތުކޮށްފައެވެ. މިކަމާގުޅިގެން އެމެރިކާއިން ބުނަމުން ގެންގޮސްފައިވަނީ ސިވިލް ނިއުކްލިއަރ ޕަވަރ ޕްލާންޓުން ޔުރޭނިއަން ނުވަތަ ޕްލޫޓޯނިއަމް ހަތިޔާރު ހެދޭވަރަށް ފައްކާ ނުކުރާނެކަން ކަށަވަރު ކޮށްދީފިނަމަ ނިއުކްލިއަރ ޕަވަރ ޕްލާންޓް ގާއިމް ކުރުމުމުގެ މަޢުލޫމާތު ޙިއްސާ ކުރެވިދާނެކަމަށެވެ.

ޗައިނާއާއެކު ކުރިއަށްދާން ގަސްދުކުރީ އެމެރިކާއިން މާބޮޑުކޮށްގެން އުޅޭ ނޮން ޕްރޮލިފެރޭޝަންގެ ގަވަޢިދުތަކާ ހުރެ އެހެންގޮތެއް ހޯދުމުގެ ބޭނުމުގައިކަމަށް ސަޢޫދީ އެރޭބިޔާއިން ބުނެއެވެ.

ސަޢޫދީ އެރޭބިޔާއިން ކުރިން ގަސްދު ކޮށްފައިއޮތީ އެމެރިކާއިން ބޭނުންވެގެން އުޅޭގޮތަށް ޕްރޮލިފެރޭޝަންގެ ގަވަޢިދުތައް އެއްފަރާތް ކޮށްފިނަމަ  އެމެރިކާގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން ދެކުނުކޮރެއާގެ ސްޓޭޓް އިލެކްޓްރިކް ޕަވަރ އިން އެކަންކުރުވާގޮތަށެވެ.

އެހެންނަމަވެސް ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނު މިހާރު ބޭނުންފުޅުވަނީއެމެރިކާއާއި އެކު ކުރެވެމުންދާ މަޝްވަރާތައް ތަނެއްގައި ނުޖެހި ދިގުލަމުންދާނަމަ ވީހާއަވަހަކަށް ޗައިނާގެ ކުންފުނިން އެމަސައްކަތް ފެއްޓެވުމަށެވެ.

އިޒްރޭލުން ވަނީ އެމެރިކާ އެއްފަރާތްކޮށްފައި ޗައިނާއިން އެ މަސައްކަތް ކުރުވަން އުޅޭތީ ނުރުހުން ފާޅުކޮށްފައެވެ. އިޒްރޭލުން ބުނަމުންގެންދަނީ އެމެރިކާއާއިއެކު ސަޢޫދީ އެރޭބިޔާއިން ހަދަންއުޅޭ ޑީލާމެދު އެމެރިކާއިން އެ ގައުމާއިއެކު ވާހަކަ ދައްކަން ޖެހޭނެކަމަށެވެ.

ޗައިނާއަކީ މިހާރު ސަޢޫދީ އެރޭބިޔާއިން އެންމެގިނައިން ތެޔޮ އެތެރެކުރާ ގައުމުކަމަށްވެފައި އިގްތިސާދީ ދާއިރާއިން ދެގައުމުން ގެންދަނީ ވަރަންބޮޑަށް ގުޅުން ބަދަހި ކުރަމުންނެވެ.

ޗައިނާގެ ގައުމީ ހަކަތައާއި ބެހޭ ކުންފުނިން ދާދި މިދާކަށް ދުވަހު ސަޢޫދީ އެރޭބިޔާގެ އަލް ޝުއައިބާގާ 3.6 ޖިގަވޯޓުގެ ސޯލާ ޕަވަރ ނިޒާމެއް ވަނީ ގާއިމްކޮށް ދީފައެވެ. އެއީ މިހާތަނަށް ގަލްފު ސަރަޙައްދުގައި ބެހެއްޓުނު އެންމެ ބިޔަ ސޯލާ ޕަވަރ ނިޒާމްވެސް މެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް