އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޢުމަރު ނަޞީރަށް ބަޔަކު މަރުގެ އިންޒާރުދީފިއެވެ.
ޢުމަރަށް މަރުގެ އިންޒާރުދީފައިވަނީ ސޯޝަލް މީޑިއާގައެވެ.
އެ އިންޒާރުތަކުގެ ސްކްރީންޝޮޓްތައް ހިއްސާކުރައްވައި ޢުމަރު ވިދާޅުވީ ތަފާތު މަރުގެ އިންޒާރު ލިބެމުން ދާތީ މިކަން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ޢުމަރަށް މަރުގެ އިންޒާރު ދީފައިވާއިރު ދާދިފަހުން އޭނާ ކެމްޕޭންގައި އުޅުއްވަނިކޮށް މީހަކު ވަނީ ދަނގަޑުބުރިއަކުން ހަމަލާދީފައެވެ. އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ޢުމަރު ވިދާޅުވި ގޮތުން ޕިކަޕުގައި ހުންނަވަނިކޮށް އޭނާއަށް ހަމަލާދިނީ ޑްރަގް ވިޔަފާރިކުރާ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.