ޑޮލަރު އެއްފަރާތްކޮށްފާ ރުޕީސް އިން އަގު އަދާކުރާގޮތަށް އެއް މިލިއަން ފީފާގެތެޔޮ

Loading

Facebook
Twitter
WhatsApp

އެމެރިކާ ޑޮލަރު އެއްފަރާތް ކޮށްފާ އިންޑިއާ ރުޕީސް އިން އަގު އަދާކުރާގޮތަށް އެމިރޭޓްސް އިން އެއް މިލިއަން ފީފާ ތެޔޮ އިންޑިއާއިން ގަނެފިއެވެ. އިންޑިއަން އޮއިލް ކޯޕަރޭޝަނުން ގަތް އެއްމިލިއަން ފީފާތެލުގެ އަގު މިހާރު ވަނީ އަބޫދާބީގެ ނޭޝަނަލް އޮއިލް ކޮމްޕެނީއަށް އިންޑިއަން ރުޕީސް އިން އަދާކޮށްފިއެވެ. 

އަބޫދާބީގައި ހުންނަ އިންޑިއަން އެމްބަސީން މިކަން ރޮއިޓާރސްއަށްވަނީ ކަށަވަރު ކޮށްދީފައިވެއެވެ. އިންޑިއާއާއި ރަޝިޔާ ހިމެނޭގޮތުން ބްރިކްސްގެ ބައިވެރިން ގެންދަނީ ދުނިޔޭގެ ބާޒާރުން އެމެރިކާ ޑޮލަރުގެ ނުފޫޒު ކުޑަކުރެވިދާނެ ގޮތްތައް ބަލަމުންނެވެ.އިންޑިއާރުޕީސްއިން އަގު އަދާކުރާގޮތަށް އަބޫދާބީން ތެޔޮ ގަތުން މިއީ އެ މަސައްކަތުގެ ތެރޭގައި ހިމެނޭ ޙިއްސާއެކެވެ.                                                                 

އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެގިނައިން ތެޔޮ އެތެރެކުރާގައުމެވެ. އެމެރިކާ ޑޮލަރުގެ ބަދަލުގައި އިންޑިއާ ރުޕީސްއިންއަގު އަދާކުރާގޮތަށް ތެޔޮގަތުމުގެ އެއްބަސްވުމެއް އެމިރޭޓްސްއާއެކު މިހުސްވި މަހުގެތެރޭގައި އިންޑިއާއިން ވަނީ ގާއިމްކޮށްފައެވެ. 

މި އެއްބަސްވުމުގެ ދަށުން ތެޔޮ ގަނެވޭއިރު މީގެކުރިން ތެޔޮ ގަތުމުގައި ޑޮލަރު ހޯދުމަށް ހޭދަވެގެންދާ ފައިސާ ސަލާމަތް ކުރެވޭނެއެވެ. މިއީ ރުޕީސް އިން އަގު އަދާކުރާގޮތަށް އިންޑިއާއިން ގަތް ފުރަތަމަ ތެޔޮ ޝިޕްމެންޓެވެ. އޭގެފަހުން ރުޕީސް އިން އަގު އަދާކުރާގޮތަށް އިންޑިއާގެ ވިޔަފާރި ވެރިޔަކު އެމިރޭޓްސް އިން 25 ކިލޯގެ ރަން ވަނީ ގަނެފައެވެ.                                             

އިންޑިއާއާއި އެމިރެޓްސްއިން ކުރާ ވިޔަފާރީގައި ދެގައުމުގެ ފައިސާ ބޭނުން ކޮށްގެން ވަގުތުން އަގުއަދާކުރެވޭނެ ނިޒާމެއް ގަޢިމްކުރަންވެސް މިހާރު ގެންދަނީ ހަމަޖައްސަމުންނެވެ.                              

އެމެރިކާ ޑޮލަރުގެ ނުފޫޒު ދުނިޔޭގެ ބާޒާރުގައި ކުޑަކުރުމުގެ ވިސްނުން އަށަގަންނަން ފެށީ ޔޫކްރެއިންގެ ހަނގުރާމައާއި ގުޅިގެން ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާއި ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމާއި އެކުގައި ކަމަށް ބުނުމަކީ މުޅިން ދޮގަކަށް ނުވާނެއެވެ. 

ބްރިކްސްގެ ގައުމުތަކުގެ އިތުރުން  މެދުއިރުމައްޗާއި އެފްރިކާ އަދި ދުރު އިތުމަތީގެ ބައެއް ގައުމުތަކުންވެސް އެމެރިކާ ޑޮލަރުގެ ބޭނުން ކުޑަކުރަން ތާއީދުކުރަމުން ގެންދާކަން ވަނީ ހަމަކޮށްފައެވެ. އެންފަހުގެ ޚަބަރުތަކުން އެނގޭގޮތުގައި ފްރާންސާއި އިސްރާއީލުންވެސް މިހާރު މި ބަދަލަށް ޝައުގުވެރިކަން ފާޅުކުރަމުން އެބަ ގެންދެއެވެ.                      

އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ޔުއާން ބައިނަލް އަގްވާމީ ބާޒާރަށް ތައާރުފް ކުރެވޭތޯ ޗައިނާއިންނާއި ބްރިކްސްގެ ގައުމުތަކުންގެންދަނީ ގިނަ މަސައްކަތްތަކެއ ކުރަމުންނެވެ. ތަޖުރިބާކާރުން ދެކޭގޮތުގައި އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލުމަށް ދުވަސްތަކެއް ނަގާނެއެވެ. 

އެހެންނަމަވެސް ޔުރިޒޯން އެސް އެލް ޖީ ކެޕިޓަލްގެ ޗީފް އެގްޒެކެޓިވްސްޓެފަން ޖެން ހާމަކޮށްފައިވާ ގޮތުގައި ގްލޯބަލް ރިޒާވްގައި 2022 ވަނައަހަރު އެމެރިކާ ޑޮލަރު ވަރަށްބޮޑަށް މަދުވެފައިވާއިރު މިހާރުވެސް ފެންނަމުންދަނީ އެމެރިކާ ޑޮލަރުގެ ބޭނުން މަޑުމަޑުން ނަމަވެސް ދަށަށްދާތަނެވެ.                                                                

ދުނިޔޭގެ މާލީ ޙާލަތަށް ރިއާޔަތްކޮށް ޔުނިއަން ބޭންކް އޮފް ސްވިޒަރލޭންޑުން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާގެ އިގްތިސާދަށް ހުޅަނގުން ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކުގައިވެސް ފާއިތުވެގެންދިޔަ އަހަރު ރަޝިޔާގެ އާމްދަނީއަށް ތެރެއަށް ހަސަތޭކަ ބިލިއަން ޑޮލަރު އިތުރުވެގެން ދިޔައެވެ.

އަދި ރަޝިޔާގެ މިލިއަނަރުންގެ އަދަދު 408000 އަށް އިތުރުވެ މިލްކިއްޔާތުގައި 50 މިލިއަން ޑޮލަރަށްވުރެން ގިނަ 4500 މުއްސަނދިން އަލަށް އުފެދުނެވެ.  އެހެންނަމަވެސް އެމެރިކާއަށް 5.9 ޓްރިލިއަން ޑޮލަރ ގެއްލުންވިކަމަށް ޔޫ. ބީ. އެސް. އިން ހާމަކޮށްފައިވާއިރު ޔޫރަޕްގެ ގައުމުތަކުން އޮތީ ޖުމުލަ 10.9 ޓްރިލިއަން ޑޮލަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ.

ދުނިޔޭގައި ތިބި އެންމެ ބޮޑެތި މުއްސަނދިންގެ %50 އަކީ އެމެރިކާނުން ކަމަށް ބެލެވުނަސް 2022 ވަނައަހަރު އެމެރިކާގެ މިލިއަނަރުންގެ ލިސްޓުން އެއްމިލިއަން މީހުން މަދުވެފައިވާ ކަމަށްވެސް އެ ބޭންކުން ހާމަކޮށްފައި ވެއެވެ.                                                          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް