ޑރ.ޢަލީ ޒާހިރު ޑރ.މުޢިއްޒަށް ތާއީދު ކުރައްވަން ނިންމެވުން: ''އެމަނިކުފާނާ މެދު އިތުބާރު އެބައޮތް''

Loading

Facebook
Twitter
WhatsApp

ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމެވިކަން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު މިއަދު ހާމަކުރައްވައިފިއެވެ.

ޑރ.ޢަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޢިއްޒުގެ ވެރިކަމުގެ ތަސައްވުރަކީ ކޮބައިކަން ސާފު ކުރައްވާފައިވާނެ ކަމަށާއި މުޢިއްޒާ މެދު އިތުބާރު އެބައޮތް ކަމަށެވެ. އަދި މުޢިއްޒަކީ ހެޔޮވެރިކަމެއް ކޮށްދެވޭނެ އިލްމާއި ގާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް ހުރި ބޭފުޅެއް ކަމަށް ވެސް ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޑރ. މުޢިއްޒުއާ ބައްދަލުކޮށް ވެރިކަމުގެ ތަސައްވުރު ސާފު ކޮށްފިން. އެމަނިކުފާނާ މެދު އިތުބާރު އެބައޮތް. ހެޔޮވެރިކަމެއް ކޮށްދެވޭނެ ޢިލްމާއި ގާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް އެބަހުރި. އަޅުގަނޑުގެ ތާއީދު ޑރ.މުޢިއްޒުއަށް.“ މުޢިއްޒަށް ކާމިޔާބު ދެއްވުމަށް އެދި ދުއާކުރައްވައި ކުރެއްވި ޓުވީޓުގައިވެއެވެ.

މި ފަހަރުގެ ރިޔާސީ ރޭހަށް މުޢިއްޒު ނުކުމެވަޑައިގެންނެވުމުން އެހެން ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ މުޢިއްޒަށް މަރުހަބާ ދަންނަވައިފައެވެ.

“2023 ގެ ރިޔާސީ ރޭހަށް ޑރ. މުޢިއްޒަށް މަރުޙަބާ! ލޮބުވެތި މި ޤައުމު ހެޔޮ ގޮތުގައި ހިންގެވުމުގެ ޢަޒުމުގައި ރޭސް ކާމިޔާބު ކުރެއްވުމަށް ކުރިޔަށް ވަޑައިގަންނަވާ!“ ޝައިޚް މުޙައްމަދު ލަޠީފުގެ ޓުވީޓެއްގައިވެއެވެ.

މުޢިއްޒަކީ ކުރިން ވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ ތާއީދު އޮންނަ ބޭފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް