ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުގެ މެންބަރުން މިއަދު ފާސްކޮށްފިއެވެ.
ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ހަތަރު މެންބަރުންނެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެެއްޓެވީ ނައިބު ރައީސް އިސްމާޢީލް ޙަބީބެވެ.
އަދި ބާކީ ތިން މެންބަރުންގެ އިއްތިފާގުން ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރީއެވެ.
ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރީ ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ތެރޭގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެއެވެ.
ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރި ނަމަވެސް އޭނާގެ މަގާމެއް އަދި ނުގެއްލެއެވެ. ގާނޫނުގައި ބުނާ ގޮތުން މެންބަރަކު ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.
![]()
